Tuesday, 28 July 2026
ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިޔާ، ކ. މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަޙު -- ފޮޓޯ: ފުލުހުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އަފްލަހުގެ މައްޗަށް ހަ ދައުވާ އުފުލައިފި

އުމުރުން 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިޔާ، ކ. މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަޙުގެ މައްޗަށް ތަހުގީގު ނިންމައި ދައުވާ އުފުލައިފިއެވެ. މިކަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، އަފްލަޙް ވަނީ އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ހަމައަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކޮށްފައެވެ. އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ހިންގި މި އަމަލުތަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން އަފްލަޙުގެ މައްޗަށް ބޮޑެތި ދައުވާތަކެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި މަޙްރަމަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާއަކާއި، ކުޑަކުއްޖަކު ގްރޫމްކުރުމުގެ ދައުވާއާއި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ދައުވާކޮށްދިނުމަށް އެދި ފޮނުވުމުން، ޕީޖީ އޮފީހުން މިހާރު ވަނީ އެ މައްސަލަތައް ކޯޓަށް ހުށަހަޅާފައެވެ. މިއީ ތަޢުލީމީ ދާއިރާގެ އިސް މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ސީރިއަސް މައްސަލައެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *