Tuesday, 28 July 2026
ރާޔާ މަންސޫރު---ފޮޓޯ: ފޯބްސް

ދިވެހި އާޓިސްޓް އަދި ވިޔަފާރިވެރިޔާ ރާޔާ މަންސޫރު ފޯބްސްގެ އޭޝިޔާ ލިސްޓުގައި ހިމެނިއްޖެ

ދިވެހި އާޓިސްޓް އަދި ވިޔަފާރިވެރިޔާ ރާޔާ މަންސޫރު، ފޯބްސް މަޖައްލާގެ 30 އަންޑާ 30 އޭޝިއާ ލިސްޓުގައި ހިމެނިއްޖެއެވެ. ރާޔާއަކީ އޭނާގެ ދައްތަ ރާނިޔާ މަންސޫރާއެކު އުފެއްދި މަގުބޫލު ލައިފްސްޓައިލް ބްރޭންޑް 'އޮއިވާލި އާޓް ޝޮޕް' ގެ ކޯ-ފައުންޑަރެވެ. މި ބްރޭންޑުގެ ފިހާރަތައް މާލޭގެ އިތުރުން ސިންގަޕޫރުގައި ހުންނައިރު، އޮންލައިންކޮށް ދުނިޔޭގެ އެކި ގައުމުތަކަށް އުފެއްދުންތައް ފޯރުކޮށްދެއެވެ.

ރާޔާއަކީ އެކްރިލިކްސް އަދި އޮއިލް ޕެއިންޓިންގް އަށް ހާއްސަ ކާމިޔާބު އާޓިސްޓެކެވެ. އޭނާގެ ކުރެހުންތައް ޖަރުމަނުގެ ބާލިންގައި ބޭއްވި ބައިނަލްއަގުވާމީ މައުރަޒެއްގައި ދައްކާލާފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް ފަދަ ތަންތަނުގައިވެސް އޭނާގެ މަސައްކަތްތައް ބެހެއްޓިފައިވެއެވެ.

މިއީ ފޯބްސްގެ މި ޝަރަފުވެރި ލިސްޓުގައި ދިވެއްސަކު ހިމެނުނު ތިންވަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރު ސަފާތު އަހްމަދު ޒާހިރު އަދި 2020 ވަނަ އަހަރު މުހައްމަދު އަފްޒަލް ވަނީ މި ލިސްޓުގައި ހިމެނިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *