ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލްއަށާއި ބޮޑުވަޒީރު ރައިޓް އޮނަރަބަލް ބަލެ
.ޝާހްއަށް ތަހުނިޔާ އާއި މުބާރަކުބާދީ ފޮނުއްވައިފިއެވެ.
ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމަށާއި ދެ ޤައުމު ޙިއްޞާކުރާ ސަރަޙައްދީ ފައިދާއަށްޓަކައި، ދެ ޤައުމުގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި މި ގާތް ގުޅުންތައް އިތުރަށް ހަރުދަނާކުރެވި، ގުޅިގެން ކުރާ މަސައްކަތްތައް ފުޅާވެ، ފާގަތިކަން އިތުރުވާނޭކަމަށް ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ބޮޑުވަޒީރު ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހް އަށް ފޮނުއްވި ސިޓީފުޅުގައި، މި މުނާސަބާ ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވާފައިވަނީ، ނޭޕާލްގެ ސާބިތުކަމާއި ވިލުންތެރިކަމުގެ ރޫޙުގެ ހެއްކެއްގެ ގޮތުގައެވެ. މިއަހަރުގެ ކުރީކޮޅު ބޭއްވި އިންތިޚާބު ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވައި މަޤާމާ ހަވާލުވެވަޑައިގަތީއްސުރެ، ބޮޑުވަޒީރު ޝާހްގެ މޭސްތިރިކަމުގައި، ފާގަތިކަން އިތުރުކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށް ނޭޕާލުން ހޯދަމުންދާ ކުރިއެރުންތައް ފެނުމަކީ އުފާކުރައްވާ ކަމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމުގެ މައްޗަށް ބިނާވެފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވާ ގުޅުންތައް އިތުރަށް ގާތްވެ، އޭގެ މަންފާ ދެ ޤައުމަށްވެސް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.


