މާފަންނު ކާށިމާގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް ގެ ފަޔަރފައިޓަރުން ދަނީ މިހާރު އެ އެޕާޓްމަންޓުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެގެއިން މީހުންވެސް ވަނީ ބޭރަށް ނެރެފައެވެ. އަލިފާން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި ނަމަވެސް އަދި އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭނގޭ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މިހާރު އަލިފާން ވަނީ މުޅިން ކޮންޓްރޯލް ކޮށް ނިއްވާލެވިފައި ކަމަށް ފަޔަރ ފައިޓަރުންގެ ފަރާތުން ވަނީ ބުނެފައެވެ.
އަލިފާން ރޯވިތާ މާގިނައިރެއް ނުވެ އެގެއިން މީހުން ނެރެ އަލިފާން ވަނީ ނިއްވާލާފައެވެ. އެއްވެސް މީހަކަށް އަނިޔާްއެއް ވެފައިނުވެއެވެ.


