Wednesday, 29 July 2026
ރައީސް ޑރ. މުހައްމަދު މުއިއްޒު

ބަރަކާތްތެރި ޙައްޖު ދުވަހުގެ ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އެންމެހައި ރައްޔިތުންނަށް ތަޙުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ތަޙުނިޔާ ފޮނުއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމުން ފުރިގެންވާ މި މާތް ދުވަހުގެ ހެޔޮ ދަރުމައާއި ޘަވާބު ކޮންމެ ދިވެހި ރައްޔިތަކަށްމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ. އަދި މި ދުވަހަކީ ފުއްސެވުމާއި ރުއްސެވުން އެދި މަސައްކަތްކުރާ ބަރަކާތްތެރި ދުވަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ޙައްޖު ދުވަހަކީ މާދަމާއެވެ. ޙައްޖު ދުވަހަކީ ދުނިޔެމައްޗަށް އިރުއަރާ އެންމެ ހެޔޮ ދުވަސް ކަމުގައިވާއިރު، މި ދުވަހު ޙައްޖުވެރިން އަރަފާތު ބިމަށް ޖަމާވާނެއެވެ. އަދި މެންދުރު ނަމާދާއި އަސުރު ނަމާދަށްފަހު، އިރުއޮއްސުމާ ހަމައަށް ޙައްޖުވެރިން ތިބޭނީ ދުޢާކުރުމާއި، ޤުރުއާން ކިޔެވުމާއި ޒިކުރުކުރުމުގެ މަތިވެރި އަޅުކަމުގައެވެ.

ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ މީހުންނަށްވެސް މި ދުވަހަކީ މުހިންމު ދުވަހެކެވެ. އެގޮތުން ޙައްޖު ދުވަހު ރޯދައަށް ހުރުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވައިދެއްވާނެ އަމަލެއް ކަމުގައި ނަބިއްޔާގެ ޙަދީޘްފުޅުން އެނގެން އޮތްކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *