Tuesday, 28 July 2026
ވިއްސާރަ ދުވަހެއްގައި މާލޭ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ފުލުހުންގެ ހިދުމަތް

ރާއްޖޭގެ ބޮޑު ބަޔަކަށް މާދަމާވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑު ބަޔަކަށް މާދަމާވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ.

މެޓް އޮފީހުން ވިދާޅުވި ގޮތުގައި، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާވެސް ވިއްސާރަކުރާނެއެވެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އުތުރާއި މެދުރާއްޖެ ތެރެއަށް ވައިގެ ބާރުމިން އާންމުކޮށް ހުންނާނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައެވެ. ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާ ބެހޭ އިދާރާއިން އިތުރަށް ވިދާޅުވީ، މި ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވާނެ ކަމަށެވެ. އެހެންނަމަވެސް، ދަތުރުފަތުރު ނުކުރެވޭ ވަރަށް ކަނޑު ގަދަ ނުވާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވަމުން މެޓް އޮފީހުން ވިދާޅުވީ، ދަތުރު ކުރާއިރު މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުން މުހިންމު ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *