Tuesday, 28 July 2026
އެއާޕޯޓުގައި ދިވެހިންތަކެއް -- ފޮޓޯ: އެމްއޭސީއެލް

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް އީޓީއޭ ހޯދުން މަޖުބޫރުކޮށްފި

ސްރީލަންކާއަށް ޒިޔާރަތްކުރާ ބޭރުގެ ހުރިހާ ގައުމުތަކުގެ ރައްޔިތުންނެކޭ އެއްފަދައިން، ދިވެހި ރައްޔިތުން ވެސް އެ ގައުމަށް ދަތުރުކުރުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ، ޓޫރިސްޓް ބޭނުމަށް ސްރީލަންކާއަށް ދަތުރުކުރާ ހުރިހާ ބޭރު ގައުމުތަކުގެ ރައްޔިތުން 25 މެއި 2026 އިން ފެށިގެން ދަތުރުކުރުމުގެ ކުރިން އީޓީއޭ ހޯދަން ޖެހޭނެ ކަމަށެވެ. މި ހުއްދަ ހޯދުމަށް ހަމަޖެހިފައިވަނީ eta.gov.lk ވެބްސައިޓް މެދުވެރިކޮށެވެ.

މި އައު ބަދަލާއެކުވެސް، ދިވެހި ރައްޔިތުންނަށް ސްރީލަންކާގެ އީޓީއޭ ސިސްޓަމް މެދުވެރިކޮށް 90 ދުވަހުގެ ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި (ހިލޭ) ލިބޭނެ ކަމަށް ހައިކޮމިޝަނުން މައުލޫމާތު ދެއެވެ.

ސްރީލަންކާ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ އެ ގައުމަށް އެތެރެވާ ބޭރުގެ ފަތުރުވެރިންގެ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުންނެވެ. މި ބަދަލަށް އަމަލުކުރަން ފެށުމުން، ލަންކާއަށް ދަތުރުކުރާ ދިވެހިން ފުރުމުގެ ކުރިން އޮންލައިންކޮށް މި ހުއްދަ ހޯދުމަށް ހައިކޮމިޝަނުން އިލްތިމާސްކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *