Tuesday, 28 July 2026
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް އަލީ ނަސީރު ގާސިމް އައްޔަންކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ޖޭއެސްސީގެ މެންބަރުކަމަށް އަލީ ނަސީރު ގާސިމް އައްޔަންކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، އަލީ ނަސީރު ގާސިމް އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ. މި އައްޔަންކުރެއްވުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އަލީ ނަސީރު ވަނީ މެންބަރުކަމުގެ ހުވާ ކުރައްވައި، އިގުރާރުގައި ސޮއިކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި އަލީ ނަސީރަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ. ހުވާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލީ ނަސީރަށް މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރަސްމީކޮށް ހަވާލުކޮށްދެއްވާފައެވެ.

އަލީ ނަސީރު މި މަގާމަށް އައްޔަންކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިއީ ޖޭއެސްސީގެ އެކުލެވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރާ ގޮނޑިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *