Tuesday, 28 July 2026
ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ފުރާ ފަރާތްތަކަށް ކޮންމެހެން ޖަހަންޖެހޭ އިމަޖެންސީ ޓްރެވަލް ވެކްސިން ޖެހުމަށް ދަމަނަވެށިން ވަނީ ބުނެފަ -- ފޮޓޯ: ސަންގު

އީދު ބަންދުގައި ކުއްލި ޓްރެވަލް ވެކްސިން ޖަހައިދިނުމުގެ އިންތިޒާމު ދަމަނަވެށިން ހަމަޖައްސައިފި

ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި ދަމަނަވެށީގެ އާންމު ހިދުމަތްތައް މެދުކަނޑާލި ނަމަވެސް، ކޮންމެހެން ޖަހަންޖެހޭ ކުއްލި ޓްރެވަލް ވެކްސިންގެ ހިދުމަތް ދިނުމަށް ހާއްސަ އިންތިޒާމުތަކެއް އެ ސެންޓަރުން ހަމަޖައްސައިފިއެވެ. ދަމަނަވެށިން ބުނި ގޮތުގައި މެއި 22 އިން މެއި 30، 2026 ގެ ނިޔަލަށް އީދު ބަންދާ ގުޅިގެން އެ ސެންޓަރުގެ އާންމު ހިދުމަތްތައް ބަންދުވާނެއެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ފުރާ ފަރާތްތަކަށް ކޮންމެހެން ޖަހަންޖެހޭ އިމަޖެންސީ ޓްރެވަލް ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ކުރިއަށްދާނެ ކަމަށް ދަމަނަވެށިން ވަނީ ބުނެފައެވެ. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ބަންދު ދުވަސްތަކުގައި ދަތުރުކުރަންޖެހޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައެވެ.

ބަންދު ދުވަސްތަކުގައި ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ދަމަނަވެށީގެ ނަންބަރު 7267290 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މެސެޖު ކުރަންޖެހޭނެއެވެ. މި މެސެޖާއެކު މުއްދަތު ހަމަނުވާ ޕާސްޕޯޓް، އައިޑީ ކާޑު އަދި ބަންދު މުއްދަތުގައި ފުރުމަށް ކޮންފާމްވެފައިވާ ޓިކެޓް ނުވަތަ ރަސްމީ ތައްގަނޑު ޖަހާފައިވާ ޓްރެވަލް ޑޮކިއުމެންޓް ފޮނުވަންޖެހޭނެ ކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.

ދަމަނަވެށިން އިތުރަށް ބުނީ މި މުއްދަތުގައި ވެކްސިން ޖަހައިދެވޭނީ ލިޔެކިޔުންތައް ފޮނުވައި، ވެކްސިން ޖެހުމުގެ ކޮންމެހެން ބޭނުންޖެހިފައިވާކަން ކަށަވަރުވުމުން ކަމަށެވެ. އެހެންކަމުން ބަންދު ދުވަސްތަކުގައި ދަތުރުކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *