Tuesday, 28 July 2026
ވިއްސާރަ ދުވަހެއްގައި މާލޭ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ފުލުހުންގެ ހިދުމަތް

ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ. މި ދުވަސްވަރަކީ އަޟްޙާ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ކަނޑުދަތުރުފަތުރު ކުރާނެ ދުވަސްވަރަކަށް ވާތީ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި، ޚާއްސަކޮށް މި މަހުގެ 21 އަދި 22 ވަނަ ދުވަހު ރާއްޖޭގެ އުތުރުގެ ރަށްތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެއެވެ. އެގޮތުން އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ދެކުނުގެ އަތޮޅުތަކުގެ މޫސުމަށް ބަލާއިރު، އެ ސަރަހައްދުތަކަށް ވައިގަދަވި ނަމަވެސް، އުތުރާއި މެދުރާއްޖެތެރެއާ ޚިލާފަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ނުބެލެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ކުރިއަށް އޮތީ ބޮޑު އީދުގެ ޗުއްޓީ ކަމަށްވުމާއެކު، އެކި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަކީ ނުހަނު މުހިންމު ކަމެކެވެ. މޫސުމާ ބެހޭ އިދާރާއިން ދަނީ މޫސުމަށް އަންނަ ބަދަލުތައް މޮނިޓަރ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *