Tuesday, 28 July 2026
ގޭސްފުޅިއެއް ގޮވައިގެން ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް.އެމްވީ

ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ހެންވޭރު ފިލިގަސްމަގުގައި ހުންނަ ގެއެއްގައި ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ގޮވުމެއް ގޮވައި، އެކަކަށް ކުދި އަނިޔާތަކެއް ލިބިއްޖެއެވެ. މި ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ވައި ބަންދުކޮށްފައި ހުރި ތަނެއްގައި ގޭސް ލީކުވެފައި ހުއްޓައި، އެކަން ނޭނގި އުނދުން ރޯކުރުމުގެ ސަބަބުންނެވެ. އުނދުނުން އުފެދުނު އަލިފާން ވައިގެ ތެރޭގައި ހުރި ގޭހުގައި ހިފައި، ޕްރެޝަރަށް ބަދަލުވުމުގެ ސަބަބުން ބާރުގަދަ އަޑަކާއެކު ގޮވުމެއް ހިނގީއެވެ.

މި ގޮވުމުގެ ސަބަބުން އެ ގޭގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސް، ބިއްލޫރިކޮޅުތައް މަގުމައްޗަށް ބުރައިގެން ގޮސްފައިވެއެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތަނެއްގައި އަލިފާނެއް ނުހިފާ، އެކަމަކު ގޮވި އަޑަށް ބިއްލޫރިތައް ތަޅައިގެން ދިޔައީ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *