Tuesday, 28 July 2026
ކުރީގެ ތިން ރައީސުން -- ފޮޓޯ: އެކްސް

މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ތިން ރައީސުން އެކުލަވާލި ކޮމިޓީއަށް މެންބަރުން އައްޔަންކޮށްފި

ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރީގެ ތިން ރައީސުން އެކުލަވާލި ހާއްސަ ކޮމިޓީއަށް މިއަދު މަންދޫބުން އައްޔަންކުރައްވައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިބްރާހީމް މުހައްމަދު ސާލިހްގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އިސްނަންގަވައިގެން އުފެއްދެވި މި ކޮމިޓީއަކީ ގައުމީ މުހިންމު މައްސަލަތަކުގައި މަޝްވަރާކޮށް ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލި ކޮމިޓީއެކެވެ.

މި ކޮމިޓީއަށް ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ދެ މަންދޫބުން ވަނީ އައްޔަންކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން އީވާ އަބްދުﷲ އާއި ފައްޔާޒް އިސްމާއީލް އައްޔަންކުރެއްވި އިރު، ރައީސް ސާލިހްގެ ފަރާތްޕުޅުން އައްޔަންކުރެއްވީ އަހްމަދު ސަލީމާއި މުހައްމަދު ރަޝީދު ހުސައިންނެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން މި ކޮމިޓީގައި ތަމްސީލުކުރައްވާނީ މުހައްމަދު މަލީހް ޖަމާލާއި އިސްމާއީލް ޒަރިޔަންދެވެ.

މިއީ ފަހުގެ ތާރީޚެއްގައި މި ތިން ލީޑަރުން ސިޔާސީ ހިޔާލުތަފާތުވުންތައް އެއްކައިރިކޮށް، އެއް މޭޒެއްގެ ދޮށުގައި މަސައްކަތް ފެއްޓެވި ފުރަތަމަ ފަހަރެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ތިން ރައީސުން ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، ސަރުކާރުގެ އަމަލުތައް ގޯސްވަމުންދާތީ އެކުގައި މަސައްކަތް ކުރަން ނިންމެވީ ނޫސްވެރިކަމުގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *