Tuesday, 28 July 2026
މިދިޔަ އަހަރު ހައްޖަށްދިޔަ ދިވެހިންގެ ތެރެއިން----ފޮޓޯ: މޯލްޑިވިއަން

މި އަހަރު ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ދެވަނަ ފްލައިޓު ފުރައިފި

1447 ވަނަ އަހަރުގެ މަތިވެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ހެނދުނު ފުރައިފިއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި ފުރި މި ގްރޫޕުގައި ޖުމްލަ 260 ޙައްޖުވެރިން ހިމެނެއެވެ.

މި ފްލައިޓު ރާއްޖެއިން ފުރާފައިވަނީ މިއަދު ހެނދުނު 07:10 ގައެވެ. ލަފާކުރެވޭ ގޮތުގައި މި ފްލައިޓު ސަޢުދީޢަރަބިއްޔާގެ ޖިއްދާއަށް ބަނދަރުކުރާނީ ރާއްޖެ ގަޑިން މެންދުރު 12:00 ހާއިރުއެވެ. މިއީ މިއަހަރު ޙައްޖުގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދިއުމަށް ހަމަޖެހިފައިވާ 4 ފްލައިޓުގެ ތެރެއިން ދެވަނަ ފްލައިޓެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން އިމިގްރޭޝަންގެ ކަންކަން ރާއްޖޭގައި ފުރިހަމަކުރެވިފައިވާތީ، ޙައްޖުވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖެއަށް މިއަހަރު ލިބިފައިވާ 1000 ޙައްޖު ކޯޓާގެ ދަށުން ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހުއެވެ. އެގޮތުން ހޯމަ ދުވަހު 268 މީހުން އަދި އަންގާރަ ދުވަހު 253 މީހުން ފުރުމަށް ވަނީ ތާވަލުކުރެވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *