Tuesday, 28 July 2026
ވ. އަތޮޅުން ފަތުރުވެރިން ގެއްލުނު ސަރަހައްދަު -- ފޮޓޯ: އެމްއެންޑީއެފް

ވ. އަތޮޅުން ގެއްލުނު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަން މެދުކަނޑާލައިފި

ވ. އަތޮޅު ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން މިވަގުތަށް މެދުކަނޑާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މި އޮޕަރޭޝަންގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރަކު ނިޔާވުމާ ގުޅިގެންނެވެ.

ގެއްލިފައިވާ ބާކީ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ދަނީ ބައިނަލްއަޤުވާމީ އެހީތެރިކަން ހޯދަމުންނެވެ. އެގޮތުން، މި އޮޕަރޭޝަނަށް އެހީތެރިވުމަށްޓަކައި ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން މިއަދުގެ ވަގުތެއްގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ އިތުރު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ފަތުރުވެރިން ދަތުރުކުރި ސަފާރީގެ އޮޕަރޭޓިންގ ލައިސަންސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމުގެ ތަހުގީގުތައް ވެސް ދަނީ ކުރިއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *