Tuesday, 28 July 2026
ޅ. ހިންނަވަރު / ޝޭޑީސައިޑް، އަޙްމަދު ޒިޔާދު އާދަމް (38އ) އާއި ޅ. ހިންނަވަރު / ނޭޒާ، މާޖިދު މުޙައްމަދު (30އ) އާއި ޅ. ހިންނަވަރު / ދިލްސާދުގެ، މުޙައްމަދު އިބްރާހީމް (51އ) -- ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހިންނަވަރުން ތިން މީހަކު ހައްޔަރުކޮށްފި

ޅ. ހިންނަވަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު / ޝޭޑީސައިޑް، އަޙްމަދު ޒިޔާދު އާދަމް (38އ) އާއި ޅ. ހިންނަވަރު / ނޭޒާ، މާޖިދު މުޙައްމަދު (30އ) ގެ އިތުރުން ޅ. ހިންނަވަރު / ދިލްސާދުގެ، މުޙައްމަދު އިބްރާހީމް (51އ) އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މީހުން ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 13 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ތިބި ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 21 ރަބަރު ޕެކެޓާއި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާ ކަމަށް ބެލެވޭ ބައެއް އާލާތްތައް ވަނީ ފެނިފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޒިޔާދު އާދަމް 15 ދުވަހަށް، މާޖިދު މުޙައްމަދު ހަތަރު ދުވަހަށް އަދި މުޙައްމަދު އިބްރާހީމް 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހިންނަވަރު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *