Tuesday, 28 July 2026
ކަނާތުން ވައަތަށް؛ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިލް، ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: ވިޒިޓް މޯލްޑިވްސް، ސަން.އެމްވީ، އަލްޖަޒީރާ

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކުރީގެ ތިން ރައީސުން މިއަދު ބައްދަލުކުރައްވަނީ

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވަމުންދާ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވަނީ މި ތިން ބޭފުޅުން ބައްދަލުކުރައްވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އެ ޕާޓީން އަދި ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މި ބައްދަލުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ރައީސް ޔާމީން ބުދަ ދުވަހު އިޢުލާނު ކުރެއްވުމާ ގުޅިގެން ކުރިއަށްދާ މަސައްކަތެކެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްސަލަ ހޫނުވެފައިވަނީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން، ކޯޓު އަމުރަކާ ޚިލާފުވި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްޔެ ޖަލަށްލުމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.

މި މަސައްކަތަކީ ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަދެއްވައި ފެށިގެން އުޅޭ ހަރަކާތެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *