Tuesday, 28 July 2026
ވަގަށް އެތެރެކޮށްގެން ވިއްކަނިކޮށް އަތުލައިގަތް ސިނގިރޭޓު ކާޓޫނުތައް --- ފޮޓޯ: ފުލުހުން

ވަގަށް އެތެރެކޮށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް ފުލުހުން އަތުލައިގަނެފި

ދިވެހިރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެކޮށް، ވަގަށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކެއް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ ހަރަކާތެއްގެ ތެރެއިންނެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަނުގެ ތެރެއިން ބައެއް ގޭގެއާއި އެޕާޓްމަންޓްތަކުގެ އިތުރުން ވޭނެއް ބަލައި ފާސްކޮށްފައިވެއެވެ. މި ފާސްކުރުންތަކުގެ ތެރެއިން ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ދުންފަތުގެ ބާވަތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، ރާއްޖެއަށް ވަގަށް ދުންފަތް އެތެރެކޮށް ވިއްކާ މައްސަލަތައް ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *