Tuesday, 28 July 2026
ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި ރޯވެ، އެއް ކޮޓަރި އެއްކޮށް އަނދާފައި------: ފޮޓޯ: އެންޑީއެމްއޭ

ހިޔާޓަވަރެއްގެ އެޕާޓްމަންޓެއްގައި ރޯވެ އެއްކޮޓަރި މުޅިން އަނދައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ، އޭގެ ތެރެއިން އެއް ކޮޓަރި މުޅިން އަނދައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހިޔާ ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާގައި ހުރި 10 ވަނަ އެޕާޓްމަންޓުގައެވެ. މި ހާދިސާގެ ސަބަބުން އެ ތަނަށް ވަނީ ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެ އޮތޯރިޓީން ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، އެ ކޮޓަރީގައި އޮތް ގޮދަނޑި ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

އެންޑީއެމްއޭއިން އިތުރަށް ވިދާޅުވީ، އަލިފާން ރޯވުމުގެ ސަބަބުން އެއް ކޮޓަރި އެއްކޮށް އަނދައި ހަލާކުވެފައިވާތީ، އެ ގޭގައި އުޅޭ ހަތަރު މީހުންގެ އާއިލާއަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *