Tuesday, 28 July 2026
މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ -- ފޮޓޯ: ރާއްޖެ24

މި ހަފްތާ ނިމެންދެން ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ: މެޓް

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މި ހަފުތާގެ ނިޔަލަށް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. އެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު، ކުރިއަށް އޮތް ބުރާސްފަތި ދުވަހާއި އަދި ހަފުތާ ބަންދުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، އެވްރެޖްކޮށް ވައިގަދަވާނެ ކަމަށް ބެލެވެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ބަލައި ހުދު ސަމާލު ނެރެފައެވެ. މީގެ އިތުރުން، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިގަދަވާނެ ކަމަށް ލަފާކޮށްވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި އާންމުކޮށް 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަކުރާނެ ކަމަށް ބެލެވޭއިރު، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ހުރިހާ ހިސާބަކަށްވެސް ވިލާގަނޑުގައި ވައި ވަރަށް ބޮޑަށް ގަދަވެގެންދާނެ ކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *