Tuesday, 28 July 2026
ގއ. ކަނޑުހުޅުދޫ / މުރަކަ، ޝަރަފުﷲ އިސްމާއީލް... ފޮޓޯ: ޕޮލިސް

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދައުވާ އުފުލާފައިވާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގއ. ކަނޑުހުޅުދޫ / މުރަކަ، ޝަރަފުﷲ އިސްމާއީލް (43އ) ގެ މައްޗަށެވެ. ފުލުހުން ތަހުގީގު ކުރި މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށާއި ދެ ފަރާތުން ދެއްކި ގާނޫނީ ބަހުސްތަކަށް ބެލުމުން، ޝަރަފުﷲ އިސްމާއީލްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ. އެހެންކަމުން، އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ 15 އަހަރަށް ޖަލަށްލުމަށް ވަނީ ކަނޑައަޅާފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ދައުލަތުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ. މިފަދަ މައްސަލަތަކުގައި ކުށްވެރިވާ ފަރާތްތަކަށް ގާނޫނުގައި ބޮޑެތި އަދަބުތައް ކަނޑައެޅިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *