Tuesday, 28 July 2026
އެކްސިޑެންޓްވި ލޯންޗަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ -- ފޮޓޯ: އެމްއެންޑީއެފް

ދެ ލޯންޗު ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ކ. ގަލުފަޅު ކައިރިން މިއަދު ފަތިހު ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ފަތިހު 5:45 އެހާކަންހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗުން ދަތުރުކުރި ކެޕްޓަނާއި ފަޅުވެރިއަކަށެވެ. މި ދެ މީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އެކްސިޑެންޓުވި "ޓުއާ ގާޑް" ލޯންޗަކީ ވިލިމާލެއިން ފުރައިގެން ގިލިލަންކަންފުށި ރިސޯޓަށް ދަތުރުކުރި އުޅަނދެކެވެ. މި ހާދިސާ ހިނގާފައިވަނީ ލޯންޗު ވިލިމާލެއާ ވަރަށް ކައިރީގައި އޮއްވައެވެ. އެކްސިޑެންޓާ ގުޅިގެން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ލޯންޗުގެ ކެޕްޓަން އުޅަނދު ތެރޭގައި ތާށިވި މައުލޫމާތު ލިބެއެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، އެކްސިޑެންޓުވުމާއެކު އަނެއް ލޯންޗުގައި ތިބި މީހުން މަޑުނުކޮށް ވަނީ އެ ސަރަހައްދުން ފިލާފައެވެ. އެކްސިޑެންޓުވި ލޯންޗުގެ ކެޕްޓަން ތާށިވީ ލޯންޗު ދުއްވަން އިން ދިމާލުން ބޮޑުބައެއް ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. އޭނާގެ ގައިން ވަރަށް ގިނައިން ލޭ ފައިބަމުން ދަނިކޮށް، ފުލުހުން ވަނީ ބުރަ މަސައްކަތުން އޭނާ ލޯންޗުން ނެރެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާގައި ބޮޑަށް ހަލާކުވި ލޯންޗު މިހާރު ވަނީ މާލޭގެ އިއްޒުއްދީން ފާލަން ސަރަހައްދަށް ގެނެސްފައެވެ. އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާއިރު، މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *