ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މައުލޫމާތު ދީފައިވާ ގޮތުގެ މަތިން، ރާއްޖެއަށް ޕެޓްރޯލް ޝިޕްމަންޓްތައް އަންނާނީ އޭޕްރީލް 20، މޭ 8، މޭ 26 އަދި ޖޫން 14 ގައެވެ. މީގެ އިތުރުން، ޑީސަލް ޝިޕްމަންޓްތައް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 17، އޭޕްރީލް 30، މޭ 7 އަދި މޭ 15 ގައެވެ.
މި ތާރީހުތަކުގައި ތެޔޮ ލިބުމުން، ރާއްޖޭގެ ބާޒާރުގައި ތެލުގެ ދަތިކަމެއް ކުރިމަތިނުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން މުދާ އެތެރެކުރުމުގައި ހުރި ގޮންޖެހުންތަކަށް ބަލައި، ދުރާލާ ރޭވިގެން ކުރިއަށްދާ މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ތެޔޮ ރައްކާކުރެވިފައި ހުންނާނެ ކަމަށާއި، ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.


