Tuesday, 28 July 2026
ފްލައި ދުބާއީގެ ފްލައިޓެއް -- ފޮޓޯ: ގަވަމަންޓް އޮފް ދުބާއީ މީޑިއާ އޮފީސް

ރާއްޖެއަށް މުދާ އުފުލުމަށް ފްލައިދުބާއީގެ ހާއްސަ ކާގޯ ފްލައިޓްތަކެއް ބާއްވަނީ

ދުބާއީން ރާއްޖެއަށް މުދާ އުފުލުމަށްޓަކައި ފްލައިދުބާއީގެ ހާއްސަ ކާގޯ ފްލައިޓްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފްލައިދުބާއީގެ ރާއްޖޭގެ އެޖެންޓް، އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

މިއީ ފްލައިދުބާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް "ކާގޯ-އިން-ކެބިން" ނުވަތަ ބޯޓުގެ ކޭބިންގައި މުދާ އުފުލާ ގޮތަށް ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ.

މި ދަތުރުތަކާއި ގުޅޭ ގޮތުން ފިރާގް ވިދާޅުވީ ދުބާއީގެ އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓު (ޑީޑަބްލިއުސީ) އިން މާލެއަށް ކުރާ މި ދަތުރުތައް ފެށުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި ކެބިންގައި މުދާ އުފުލާ ފްލައިޓްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 29 ގެ ނިޔަލަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިރާޤު އިތުރަށް ވިދާޅުވީ، މެދުއިރުމަތީ ހަނގުރާމައިގެ މި ދަތި އުނދަގޫ ދަނޑިވަޅުގައި ފްލައިދުބާއީން އިސްނަގައިގެން މިފަދަ ދަތުރުތަކެއް ފެށުމަކީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *