ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްކަން ކުރެއްވި ފަރުހަތު އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ މަގާމުން އިސްތިއުފާ ދެއްވީ މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ބައްލަވާފައި ކަމަށެވެ. ނަމަވެސް އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރުހަތު އިސްތިއުފާ ދެއްވައިފައިވާއިރު، އެކަން އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް މިއަދު ވަނީ އަންގަވައިފައެވެ.
ފަރުހަތު މަގާމުން އިސްތިއުފާ ދެއްވިއިރު މިފްކޯ އިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރުމަށް ފަހު އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ފަރުހަތު އައްޔަންކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އޭގެ ކުރިން ހުންނެވީ ސްވިޒަލޭންޑަށް ނިސްބަތްވާ ޑރ. ލިއުބިމޮވްއެވެ.


