Tuesday, 28 July 2026
ފޮޓޯ: މޯލްޑިވް ގޭސް

ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފި

ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފި އެވެެ.

އެސްޓީއޯއިން ވަނީ ގޭހުގެ އާޝިޕްމަންޓެއް އިއްޔެ ލިބިފައިވާ ކަމަށް ބުނެފައެވެ.

އަދި އެ ކުންފުނިން ދަނީ ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ހިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ކަމަށް ބުނެފައިވެއެވެ. އަދި އެކަމުގައި ހާއްސަ އިސްކަމެއްދީގެން އެކަންކަން ވަރަށް ގާތުން ބަލަމުންގެންދާ ކަމަށްވެސް ބުނެޏެވެ. 

ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ކައްކާ ގޭހުގެ އަގު އުފުލުނަ ނުދިނުމަށްޓަކައި ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއަށް ކުރިމަތިވެދާނެ ގޭހުގެ ދަތިކަމަކުން އަރައިގަތުމަށް މާލޭ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާކުރެވޭނެ ސްޓޮރޭޖު ފެސިލީޓީއެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުން ނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *