Tuesday, 28 July 2026

ޞިއްޙީ ކަންކަމާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފެތުރުން ހުއްޓާލުމަށް ވަޒީރު ނާޒިމް އިލްތިމާސް ކުރައްވައިފި

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ދެއްވި ޚިތާބުގައި، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ޞިއްޙީ ކަންކަމާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފެތުރުން ހުއްޓާލުމަށް އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ޞިއްޙީ ކަންކަމުގައި ސާބިތުނުހިފޭ ވާހަކަތައް ފެތުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

ވަޒީރުގެ ޚިތާބުގައި ވަކީން ޚާއްޞަކޮށް ބަލިތަކާއި، ފަރުވާތަކާއި، ވެކްސިން އަދި ޑޮކްޓަރީ ބޭހާ ގުޅޭގޮތުން ސާބިތުނުހިފޭ ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަދި އިންސާނުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަން ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަމުގައި ޢާންމުން ހޭލުންތެރިވުމަށް ވަޒީރު ބާރުއެޅުއްވިއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމަކީ ޒަމާނީ މެޑިކަލް ސައިންސާއި ތަމްރީނު ލިބިފައިވާ ފަންނީ މީހުންގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ނިޒާމެއްކަން ވަޒީރު ބަޔާންކުރެއްވިއެވެ. އަދި ރާއްޖެއިން ޞިއްޙީ ދާއިރާއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކަކީ ސާބިތުހިފޭ ފަންނީ މަޢުލޫމާތަށް ބަރޯސާވުމުގެ ނަތީޖާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އަމިއްލަ ނަފްސާއި އާއިލާގެ ޞިއްޙީ ކަންކަމުގައި ގޮތް ނިންމުމުގައި ޞިއްޙީ އިދާރާތަކާއި ޚިދުމަތްތެރިންގެ އިރުޝާދަށް އިތުބާރު ކުރުމަށް ވަޒީރު ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ކޮންމެ މީހަކުވެސް ޞިއްޙީ ނުރަނގަޅު އާދަތައް ދޫކޮށްލައި، ދުޅަހެޔޮ ދިރިއުޅުމަކަށް މަސައްކަތް ކުރުމަށް ވަޒީރުގެ ޚިތާބުގައި ބާރުއެޅުއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *