Tuesday, 28 July 2026
ދެ ކިލޯގެ ހަޝިޝް އޮއިލްއާ އެކު ހައްޔަރުކުރި ދެ އިންޑިއާ ރައްޔިތުން -- ފޮޓޯ: ފުލުހުން

ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު، ދެ ބިދޭސީން ހައްޔަރުކޮށްފި

ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު، އިންޑިއާގެ ދެ އަންހެނަކު މިދިޔަ ހަފުތާގައި ހައްޔަރުކޮށްފިއެވެ

މި މަހުގެ 1 ގައި ކަސްޓަމްސް އިން އަތުލައިގެންފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް އެތެރެކުރި 2،174 ކިލޯގްރާމް ހަޝިޝް އޮއިލެވެ. އެ ތަކެތީގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.

މި މައްސަލައިގައި އިންޑިއާގެ 23 އަހަރުގެ އަންހެނަކާއި 34 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ. ހައްޔަރުކުރި ދެ މީހުންނަކީ ޖެނިފާ ޕައުލް، 34، އުލްފަތު ރަސޫލް، 23، އެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *