Tuesday, 28 July 2026
މަގުމަތިން ފެނުނު މީހާ---ފޮޓޯ:މީސްމީޑިއާ

ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފި

މާލޭގެ ކަޅުހުރާ މަގުގައި ހުންނަ، ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ގެއެއްގެ ކުރިމަތީގައި އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮތް ބިދޭސީއަކު ފެނިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 6:18 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެ މީހާ މަގުމައްޗަށް ނެރެ ބާއްވާފައި އޮތްއިރު އެއްވެސް ހަރަކާތެއް ނެތެވެ. އެ މީހާ ފެނިފައިވަނީ ހެންވޭރު ކަޅުހުރާ މަގުގައި ހުންނަ ގެއެއްގެ ދޮރުމަތިންނެވެ. ފުލުހުން ވިދާޅުވީ ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށާއި، އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ތިބި އާންމުން ވަނީ އެ މީހާ މަގުމައްޗަށް ނެރުނު މީހުންގެ ތެރެއިން ފިލަން މަސައްކަތް ކުރި ދެ މީހަކު ހިފަހައްޓާފައެވެ. "އެ ދެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި" ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *