Tuesday, 28 July 2026
ކަނޑުމަގުން އެތެރެކުރަން އުޅެނިކޮށް މީގެކުރިން ކަސްޓަމްސްއިން އަތުލައިގަތް ވޭޕްކާޓްރިތަކެއް---ފޮޓޯ:ކަސްޓަމްސް

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1940 ވޭޕް ކާރޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަތީ 05 އޭޕްރީލް 2026 ވަނަ ދުވަހު މާލެ ބަނދަރަށް އައި ބޯޓަކުންނެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ޖުމްލަ 1,940 ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ކަސްޓަމްސްއިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ބޭނުންކުރުމާއި، ވިއްކުމާއި އަދި އެތެރެކުރުން ސަރުކާރުން މަނާކުރި ފަހުން، މިހާތަނަށް ޖުމްލަ 70,000 އަށްވުރެ ގިނަ ވޭޕާއި އޭގެ ސާމާނު ކަސްޓަމްސް އިން ވަނީ ހިފަހައްޓާފައެވެ. މިއީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތެރެކުރަން އުޅުނު ތަކެތި ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ހުއްޓުވައި، ދިވެހި މުޖުތަމައުއަކީ އަމާން އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކަސްޓަމްސް އިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ބޯޑަރު ބެލެހެއްޓުމާއި، ރާއްޖެއަށް އެތެރެވާ މުދާ ޗެކްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *