ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިިން މިއަދު ބުނީ އަތުލައިގަތް މަސްތުވާތަކެއްޗަކީ މި މަހުގެ 1 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް އެތެރެކުރި 2،174 ކިލޯގްރާމް ހަޝިޝް އޮއިލް ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.
ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް ކަސްޓަމްސް އިން ހާމައެއް ނުކުރެ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން އަންނަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.


