Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އެމްޑީޕީ

ބޮޑުތަނުން ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފި: ނަޝީދު

ތިން އިންތިހާބުގައި އިދިކޮޅު އެމްޑީޕީ އަށް ގިނަ ދާއިރާތައް ކާމިޔާބުވެ، ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ ވަނީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވައިފައެވެ. އަދި، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ވެސް ނަގައިފައިވެއެވެ.

އެ އިންތިހާޞުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީގެ މެމްބަރުން ވަނީ ދިފާއު ކޮށްފައެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ބޭޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް މިހާތަނަށް ގިނަ ބަޔަކު ވޯޓު ދިނީ ނުފެން ކަމަށެވެ.

އެ ނަތީޖާތަކާ ގުޅުވައި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ ނެގި ވޯޓުގައި އެމްޑީޕީ ވަނީ ވަރަށް ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށް، ކާމިޔާބު ހޯދައިފައި ކަމަށެވެ. އެގޮތުން ހުރިހާ ސިޓީއަކާއި ގިނަ ރަށްރަށާއި ފެންނަ ނުފެންނަ ވޯޓުގައި ވެސް ބޮޑު ތަފާތަކުން ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް އަދި ވާދަވެރިންނަށް ވަރަށް ބޮޑަށް މަރުހަބާ،" ނަޝީދު ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *