Tuesday, 28 July 2026

އިންތިހާބުގެ ނަތީޖާ އިހުތިރާމާއެކު ބަލައިގަންނަން، ކަންކަން އިސްލާހުކުރާނަން: ރައީސް

އިންތިހާބުގެ ނަތީޖާ އިހުތިރާމާއެކު ބަލައިގަންނަވާ ކަމަށާއި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން އިސްލާހުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު މި އިންތިހާބުތަކާ ގުޅޭ ގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އިހުތިރާމާ އެކު ބަލައިގަންނަން ކަމަށެވެ.

އަދި މި އިންތިހާބުތަކުގައި ކާމިޔާބީ ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

"ސަރުކާރުން ރަނގަޅު ކުރަން ޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.

އިއްޔެ ކުރިއަށްދިޔަ ތިން ތިންތިހާބުގެ ސިޓީތަކުގެ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި ރިފަރަންޑްރަމް އަށް ނޫނެކޭ ބުނެ 9000 އަށްވުރެ ގިނަ ރައްޔިތުން ވޯޓުލާފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އުޅެނީ ވަރަށް ކުޑަ ފަރަގެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *