Tuesday, 28 July 2026

އިންތިހާބު ކުރިއަށްދިޔައިރު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފި

މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައިރު، މާލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރު އަދާކޮށްފިއެވެ. ވަރަށް ހޫނުގަދަ ދުވަހަކަށްވީ ނަމަވެސް، އާންމު ރައްޔިތުން ދެއްކި ކެއްތެރިކަމާއި ފުލުހުންގެ އިރުޝާދުތަކަށް ބޯލެނބުމަކީ އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.

އިންތިޚާބުގެ ތެރޭގައި ސަލާމަތީ ގޮތުން ފާހަގަކުރެވޭފަދަ ބޮޑު އެއްވެސް ހާދިސާއެއް ހިނގާފައި ނުވާކަމަށާއި، އިންތިޚާބާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއްވެސް މީހަކު ބަންދުގައި ނެތްކަން ފުލުހުން ހާމަކުރެއެވެ. މީގެ އިތުރުން މުޅި ރާއްޖޭގައި ހަރަކާތްތެރިވި ފުލުހުން ކުރި އިޚްލާސްތެރި މަސައްކަތާއި، ވޯޓުލާ މަރުކަޒުތަކުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ދެއްކި ނަމޫނާ މަސައްކަތްވެސް ފުލުހުންގެ ޚިދުމަތުން ފާހަގަކުރިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މުޖްތަމަޢުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *