Wednesday, 29 July 2026
ބިންހެލުން އައި ސަރަހައްދު -- ފޮޓޯ: މެޓް

އައްޑޫ ދެކުނުން، 'މިޑް އިންޑިއަން ރިޖް' ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެ

އިންޑިއާ ކަނޑުގެ ސަރަހައްދަކަށް މިއަދު ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ މިޑް-އިންޑިއަން ރިޖް ސަރަހައްދަށެވެ. ރިކްޓާ މިންގަނޑުން 5.3 ގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ ގާތްގަނޑަކަށް 2،553 ކިލޯމީޓަރު ދުރަށެވެ.

މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ކަހަލަ ނުރައްކަލެއް އޮތްތޯ ބެލުމަށްފަހު މެޓް އޮފީހުން ބުނީ، "މި ބިންހެލުމުގެ ސީދާ ނުރައްކަލެއް ރާއްޖެއަށް ނެތް" ކަމަށެވެ. މި ހާދިސާގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ސުނާމީގެ ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *