Tuesday, 28 July 2026
ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ އިތުރުން ރެފަރަންޑަމް ވޯޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓު ލައްވަނީ

ފަސްޓްލޭޑީ ސާޖިދާވެސް ވޯޓުލުމުގެ ހައްގު އަދާކުރައްވައިފި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ އިތުރުން ރެފަރަންޑަމް ވޯޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓު ލައްވައިފިއެވެ. އެކަމަނާ ވޯޓު ލައްވާފައިވަނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

މިއަދު ހެނދުނު 8:00 ގައި ފެށިގެން ކުރިއަށްދާ މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި މި އިންތިހާބުތަކުގައި ޖުމްލަ 2,961 ކެންޑިޑޭޓުން ވާދަކުރެއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,876 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ. ވޯޓުލުމުގެ އިންތިޒާމުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން 180 ވޯޓު ފޮށި ބަހައްޓާފައިވަނީ މާލޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *