Tuesday, 28 July 2026
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވޯޓު ލައްވަނީ -- ފޮޓޯ: ދި ޕްރެސް

ރައީސް ޑރ. މުޢިއްޒު މިއަދުގެ އިންތިޚާބުތަކުގައި ވޯޓު ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ އާންމު ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވައިފިއެވެ. ރައީސް ވޯޓުލެއްވީ ތާޖުއްދީން ސްކޫލުގައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

ވޯޓު ދެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، "ރައްޔިތުންގެ ޤާނޫނީ ޙައްޤު އަދާކުރެއްވުމަށް، މިއަދުގެ ވޯޓުގައި ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކުރަން،" ކަމަށެވެ. ރައީސް ވޯޓުލާ މަރުކަޒަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އަރިހުގައި ދަރިކަނބަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިޚާބުތަކުގައި ޖުމްލަ 299,876 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އޭގެ ތެރޭގައި 144,506 އަންހެނުންނާއި 150,370 ފިރިހެނުން ހިމެނެއެވެ. މި އިންތިޚާބުގައި ލޯކަލް ކައުންސިލްތަކުގެ 1,356 މަޤާމަކަށް މީހުން އިންތިޚާބުކުރާއިރު، ކައުންސިލް އިންތިޚާބުގައި 1,592 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 1,368 ކެންޑިޑޭޓުން ވާދަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *