Wednesday, 28 October 2026
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކާޑިއޯ ވެސްކިއުލަރ ކެތެޓަރައިޒޭޝަން ލެބޯޓްރީ (ކެތް ލެބް) ރަސްމީކޮށްފެށުން ---ފޮޓޯ: އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ 15 ފުރުޞަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ހޮސްޕިޓަލެވެ. މި ޕްރޮގްރާމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތަކީ 1 އެޕްރީލް 2026 އިން ފެށިގެން 25 މޭ 2026 ގެ މެންދުރު 13:00 އާ ހަމައަށެވެ.

މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުޠުތަކުގެ ތެރޭގައި އެމް.ބީ.ބީ.އެސް ފުރިހަމަކޮށްފައިވާކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ސައްޙަ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮތުން ހިމެނެއެވެ. މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ދުވަހު ޕޮލިސް ރިކޯޑެއް ނެތް މީހަކަށް ވާންޖެހޭނެއެވެ.

ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށްފައިވާ އެމް.ބީ.ބީ.އެސް ސެޓްފިކެޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީއަކާއި، މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަންގެ އެޓެސްޓްކޮށްފައިވާ ކޮޕީއެއް ހިމަނަންޖެހެއެވެ.

އިންޓަރންޝިޕަށް އެދޭ ފޯމުތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަންނާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ބައިވެރިން ހޮވުމުގައި އިސްކަން ދޭނީ ކޯސް ނިންމި ތާރީހަށް ބަލައި ގިނަ ދުވަސްވެފައިވާ ފަރާތްތަކަށާއި އީމެއިލް ފޮނުވާ ތަރުތީބަށެވެ.

ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *