Tuesday, 28 July 2026

ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންވާ ވޯޓު ފޮށިތައް ރަށްރަށަށް ފޮނުވަން ފަށައިފި

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ބޭނުންވާ ވޯޓު ފޮށިތަކާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިއަދު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އިންތިހާބު ބޭއްވުމަށްޓަކައި މުޅި ރާއްޖޭގައި ގާއިމްކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް ކުރިއަށްދަނީ ކަނޑުމަގުންނާއި ވައިގެ މަގުންނެވެ.

މީގެ ތެރެއިން ވައިގެ މަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ރ، ތ، ލ، ގއ، ގދ އަތޮޅުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށެވެ. މާލެ އަތޮޅުގެ ރަށްތަކަށް ބޭނުންވާ ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 އަދި 31 ވަނަ ދުވަހު ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

މި އިންތިހާބާ އެކު، ރާއްޖޭގެ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ މެދުގައި ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުލުންވެސް ކުރިއަށްދާނެއެވެ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި އިންތިހާބުތައް ބޭއްވުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދުމަށް ކުރެވޭ މަސައްކަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *