Tuesday, 28 July 2026
ފޮޓޯ: ލޫކަސް ޖަލީލު

އެމްޑީޕީގެ އިސްވެރިން ޕީއެސްއެމް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަނީ

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބު (ޝަކިއްބެ) ބައްދަލުކުރުމަށް އިދިކޮޅު އެމްޑީޕީގެ އިސްވެރިން އެ އޮފީސް ހިންގާ އިމާރާތަށް އެއްވެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އެމްޑީޕީން ބުނި ގޮތުގައި ޝަކީބްއާ ބައްދަލުކުރުމަށް އެދި އިއްޔެ ރަސްމީކޮށް ސިޓީއެއްް ފޮނުވި އެވެ. އަދި މިއަދު އެކަމާ ގުޅިގެން މައުލުމާތު ސާފު ކުރަން ދިއުމުން، ޝަކީބް މާލޭގައި ނޫޅުއްވާ ކަމަށް ޕީއެސްއެމްގެ ރިސެޕްޝަނުން މައުލުމާތު ދިން ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ކަންބޮޑުވުމަކީ އެ ޕާޓީން ބުނި ގޮތުގައި ހަމައެކަނި ސަރުކާރުގެ ސްޓޭންޑު އާންމުންނަށް ގެނެސްދޭތީ އެވެ.

ޕީއެސްއެމްއަށް އެމްޑީޕީ މެންބަރުން ގޮސް އެ ފަރާތްތަކުން ވަނީ ޝަކިއްބެގެ އިސްތިއުފާއަށްވެސް ގޮވާފައެވެ. އަދި އެކަމާ ދެކޮޅު ޕޯސްޓަރުތައް ހިފައިގެން ޕީއެސްއެމްގައި ތިބެ އިދިކޮޅު ފަރާތްތަކުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *