Tuesday, 28 July 2026

މި އަހަރުގެ ފިތުރު އީދު ދުވަހުވެސް ރައީސްގެ ދެ ކަނބަލުން އީދު ސަލާމް ކުރާނެ

މި އަހަރުގެ ފިތުރު އީދު ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އީދު ސަލާމް ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ޢީދު ސަލާން ކުރެއްވުން ކުރިއަށް ގެންދާނީ ޢީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށެވެ.

އަދި އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސް ދެކަނބަލުން ދައުވަތު އަރުވާއިރު އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސް ދެކަނބަލުން ވަނީ ދައުވަތު އަރުވާފައެވެ.

ރައީސް އޮފީހުން ބުނީ ޢީދު ސަލާން ކުރުމަށް ދާ މީހުން މުލީއާގެއަށް ވަންނަން ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *