Tuesday, 28 July 2026

ރައީސް އދ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި ރައީސް ބައްދަލުކުރައްވާނީ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއެވެ.

މި ދަތުރުފުޅުގައި ރައީސް ޒިޔާރަތްކުރައްވާނީ އަރިއަތޮޅު ދެކުނުބުރީގެ 10 ރަށަކަށެވެ. އެއީ ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ އަދި ކުނބުރުދޫއެވެ. މި ދަތުރުފުޅުގައި ރައީސް އެ ރަށްރަށުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޙާލަތު ދެނެގަތުމަށް މަސައްކަތް ކުރައްވާނެއެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ފައްޓަވާފައިވާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުތަކުގެ މަޤްޞަދަކީ ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކާއެކު ސީދާ ގުޅުން ބަދަހިކުރެއްވުމެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތައް ކުރެވޭނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *