Tuesday, 28 July 2026

އިންޑިއާގެ "އުޑާން" ޕްރޮގްރާމަށް ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަންތައް ދިރާސާކުރަން ވަފުދެއް އަންނަނީ

އިންޑިއާގެ މައިގަނޑު ސަރަހައްދީ ވައިގެ ގުޅުވައިލުމުގެ ޕްރޮގްރާމް "އުޑާން" ގެ ފަސްވަނަ ފޭސްގެ 5.5 ވަނަ މަރުހަލާ ތަޢާރަފުކުރުމުގެ ކުރިން، ރާއްޖޭގެ ކާމިޔާބު ސީޕްލޭން އޮޕަރޭޝަންތައް ދިރާސާކުރުމަށް އެ ގައުމުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް އަންނަން ނިންމައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ދިރާސާއަކީ އެ ގައުމުގައި ސީޕްލޭންގެ ޚިދުމަތްތައް ފުޅާކުރުމަށް ވަރަށް މުހިންމު ދިރާސާއެކެވެ. ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތްތައް ހިންގުމުގެ ފުރިހަމަ އުސޫލުތަކާއި ހުނަރުތައް ތަރައްޤީކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. މިގޮތުން ރާއްޖޭގައި ގާތްގަނޑަކަށް 100-120 ދެ އިންޖީނުގެ ސީޕްލޭން ކޮންމެ ދުވަހަކު 600 ދަތުރުކޮށް، 5،000 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލާ ކަމަށް ވެއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލުން ހިމެނޭ މި ވަފުދު ވަރަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފައިވެއެވެ. މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ސީޕްލޭންގެ ދާއިރާގައި ޤާއިމުކޮށްފައިވާ ހަރުދަނާ ނިޒާމު ދިރާސާކުރުން ކަމަށް ވެއެވެ.

މި ދިރާސާ ދަތުރުގައި ރާއްޖޭގެ ގަވާއިދުތަކުގެ އޮނިގަނޑުތަކާއި، ގަވާއިދުތަކަށް ތަބާވާނެ ގޮތްތަކާއި، އޮޕަރޭޝަނަލް އެންމެ ރަނގަޅު އުސޫލުތައް ބަލައި އިވެލުއޭޓް ކުރުން ހިމެނެއެވެ. މިއީ އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ވަފުދެއް ރާއްޖެއަށް މިފަދا ދިރާސާއަކަށް އަންނަ ތިންވަނަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *