Tuesday, 28 July 2026

ވިމެން އިން ޕޮލިސިން ސަމިޓް ފަށައިފި

ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކޮށް، އެ ދާއިރާގައި އަންހެނުންގެ ލީޑަޝިޕް އިތުރުކުރުމަށް އަމާޒުކޮށްގެން ބާއްވާ "ވިމެން އިން ޕޮލިސިން ސަމިޓް" މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ.

ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބާއްވާ މި ސަމިޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލީ އިހްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ސަމިޓަކީ ފުލުހުންގެ މުއައްސަސާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އިސް މަގާމުތަކުގައި އަންހެނުން ތިބުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ޚާއްސަ ބައްދަލުވުމެކެވެ. މީގެ އިތުރުން މި ސަމިޓުގައި ފުލުހުންގެ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެވޭނެއެވެ.

މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ މި ސަމިޓުގައި ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި އަންހެން އޮފިސަރުންނާއި، މި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *