Tuesday, 28 July 2026
ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި 6 މީހުންގެ ބަންދު 15 ދުވަހަށް އިތުރުކޮށްފި

އިދިކޮޅު އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 8 މީހުންގެ ތެރެއިން 6 މީހުންގެ ބަންދު 15 ދުވަހަށް އިތުރުކޮށްފިއެވެ.

މުޒާހަރާއިން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަމުގައިވާ ޔާސިރު އަބްދުއްލަތީފާއި ޔައުގޫބު އަބްދުﷲގެ އިތުރުން، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު، އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރު ހިމެނެއެވެ. މި 6 މީހުންގެ ބަންދުވެސް ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ.

ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު 24 ގަޑިއިރު ތެރޭގައި ދޫކޮށްލުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އިތުރު އެއް ފަރާތެއް ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.

މި ހައްޔަރުތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ހައްޔަރުކުރެވުނު މީހުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *