Tuesday, 28 July 2026

އިދިކޮޅު އެމްޑީޕީގެ ބޮޑު އެއްވުން އާޓިފިޝަލް ބީޗުގައި ފަށައިފި

އިދިކޮޅު އެމްޑީޕީން މިރޭ އިންތިޒާމުކޮށްގެން ބާއްވާ ބޮޑު އެއްވުން މާލޭގެ އާޓިފިޝަލް ބީޗުގައި ފަށައިފިއެވެ. މި އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

އެއްވުމުގެ ބައިވެރިން ދިވެހި ޤައުމީ ދިދައާއި އެމްޑީޕީގެ ދިދަ ހިފައިގެން އާޓިފިޝަލް ބީޗު ސަރަހައްދަށް ޖަމާވެފައިވާއިރު، އެއްވުމުގައި ބައިވެރިވުމަށް އިއްޔެ ހަވީރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެއަށް އައިސްފައިވެއެވެ.

މި އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްވުމާ ގުޅިގެން މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިންނާއި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން މިވަގުތު އަންނަނީ ޑިއުޓީ އަދާކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *