Tuesday, 28 July 2026

ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިހާރު ދަނީ ރަނގަޅު މިސްރާބެއްގައި: ރައީސް

ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިހާރު ދަނީ ރަނގަޅު މިސްރާބެއްގައި ކަމަށާއި، ސަރުކާރުން ރައްޔިތުން ބިކަހާލުގައި ނުޖައްސާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރަށް ވާރުތަވި ހަލާކުވެފައިވާ އިޤްތިޞާދު މިހާރު ދަނީ އަލުން ކޮޅަށް ޖަހަމުން ކަމަށެވެ. އަދި ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ސަރުކާރުން ކަންކަން ކޮށްދެމުންދާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އިޤްތިޞާދީ ދުވެލި ހުރީ ވަރަށް ރަނގަޅު ސްޕީޑުގައި، ރަނގަޅު ގޮތުގައި، ރަނގަޅު މަގުގައި މިދަނީ ކުރިއަށް. އެއްވެސް ވަރަކަށް އަޅުގަނޑުމެން ކަންބޮޑުވެ، ހާސްވާން ޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ ކަމެއް ނެތް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ޗައިނާއަށް ދައްކަންޖެހޭ ދަރަނި އަދާކުރުމަށް ޑެޓް ރިލީފްގެ އެގްރިމެންޓްތަކުގައި ސޮއިކޮށް ނިމިފައިވާ ކަން އިއްޔެ ރޭ ބޭއްވުނު ޗައިނާ ނޭޝަނަލް ޑޭގެ ޖަލްސާގައި އެ ޤައުމުން އިއުލާންކޮށްފައިވެ އެވެ.

އަދި މަނިކުފާނުގެ ސަރުކާރުން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާކަން ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *