Tuesday, 28 July 2026

އާޓިފިޝަލް އިންޓެލިޖެންސް ޒިންމާދާރު ގޮތެއްގައި ތަންފީޒުކުރުމަށް އ.ދ.ގައި ރާއްޖެއިން ގޮވާލައިފި

އާޓިފިޝަލް އިންޓެލިޖެންސް އާއި ބައިނަލްއަޤްވާމީ ސުލްހަ ވެރިކަމާ ގުޅޭގޮތުން އ.ދ. ގެ ސަލާމަތީ މަޖިލީހުގައި މިއަދު ބޭއްވި ހައި ލެވެލް އޯޕަން ޑިބޭޓްގައި، ޒިންމާދާރު ގޮތެއްގައި ބައިނަލްއަޤްވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްއަކީ ދުނިޔޭގެ ބާރުގެ ބެލެންސަށް އަންނަ ބަދަލުތައް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، މި ޓެކްނޮލޮޖީ މެދުވެރިކޮށް މަޢުލޫމާތު ޕްރޮސެސް ކުރުމުގެ ޤާބިލުކަން އެންމެ ކުދި ޤައުމުތަކަށް ވެސް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމާއި، ތަޢުލީމާއި، ޞިއްޙީ ދާއިރާ އަދި އިޤްތިޞާދީ ދާއިރާ އިތުރަށް ފުޅާކުރުމުގެ ޤާބިލުކަން ލިބޭ ނަމަވެސް، މީގެ ނާޖާއިޒު ފައިދާ ނެގުމާއި، ސަވައިލެންސް އިތުރުވުމާއި، އަނިޔާވެރިކަމާއި ހަނގުރާމަތައް އިތުރުވުން ފަދަ ނޭދެވޭ ކަންކަމާ މެދުވެސް ސަމާލުވާން ޖެހެއެވެ.

އަދި ރާއްޖޭގެ ޤައުމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސްޓްރެޓެޖީ، މޯލްޑިވްސް 2.0 އަށް އިޝާރާތްކުރައްވަމުން، އީޖާދީ އަދި ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ރައްޔިތުން އިސްކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރެއްވި އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަންވާނީ ޞުލްޙަވެރިކަމާއި، ޢަދުލުވެރިކަމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރާ ވަސީލަތެއްގެ ގޮތުގައި ކަމަށް އެންމެހާ މެންބަރު ޤައުމުތަކަށް ގޮވާލެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *