Tuesday, 28 July 2026

ޝައިޚް ޙަސީނާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 6 މަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 6 މަހަށް ޖަލަށްލުމަށް އެ ޤައުމުގެ ބައިނަލްއަޤްވާމީ ޖަރީމާތަކާބެހޭ ޓްރައިބިއުނަލް (އައިސީޓީ) އިން ޙުކުމްކޮށްފިއެވެ. މި ޙުކުމް އައިސްފައިވަނީ އޭނާއާ ދެކޮޅަށް 227 ކޯޓު މައްސަލަ އޮތްކަމަށާއި، އޭގެ މާނައަކީ 227 މީހުން މަރާލުމުގެ 'ލައިސެންސް' އޭނާގެ އަތުގައި އޮތްކަމަށް ބުނެ ދެއްކެވި ވާހަކައެއްގެ ރެކޯޑިންގ ލީކުވުމާ ގުޅިގެންނެވެ.

ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ އައިސީޓީން މި ޙުކުމް އިއްވާފައިވަނީ ޙަސީނާގެ ޣައިރު ހާޒިރުގައެވެ. އަދި މި ޙުކުމް ތަންފީޒުކުރަން ފަށާނީ އޭނާ ހައްޔަރުކުރެވުމުން ނުވަތަ ކަމާބެހޭ އިދާރާތަކާ އަމިއްލައަށް ޙަވާލުވުމުން ކަމަށް އެ ޓްރައިބިއުނަލްއިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ވެރިކަމުން ވަކިވެވަޑައިގަތުމަށްފަހު، މިހާރު އިންޑިޔާގައި ހުންނެވި ޙަސީނާއާ ދެކޮޅަށް އައިސީޓީން މިހާތަނަށް ތިން ހައްޔަރު އަމުރު ނެރެފައިވެއެވެ. މީގެ ތެރޭގައި ޖުލައި މަހުގެ މުޒާހަރާތަކާ ގުޅޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ދައުވާއެއް ވެސް ހިމެނެއެވެ.

ޙަސީނާގެ ތާއީދުކުރާ ފަރާތްތަކުން މި ދައުވާތައް ދޮގުކޮށް، މިއީ ސިޔާސީ މަޤްޞަދު ހާސިލުކުރުމަށް އުފުލާފައިވާ ދައުވާތަކެއް ކަމަށް ބުނަމުންދާއިރު، ވަގުތީ ސަރުކާރުން ބުނަނީ މިއީ ބަންގްލަދޭޝްގެ ދިމިޤްރާތީ މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް ކޮންމެހެން މުހިންމު ޝަރީޢަތްތަކެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *