އިސްރާއީލު އޮކިއުޕޭޝަން ފޯސްއިން ގައްޒާގެ އެކި ސަރަހައްދުތަކަށް އެއަރ އަދި އާޓިލަރީ ހަމަލާތައް ހަރުކަށިކޮށްލުމާއެކު، އާދީއްތަ ދުވަހު އެތައް ފަލަސްތީނުންނެއް ޝަހީދުވެ، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެއެވެ.
ގައްޒާ ސިޓީގައި ހުންނަ އަލް-އަހްލީ ބެޕްޓިސްޓް ހޮސްޕިޓަލުގެ މެޑިކަލް ވަސީލަތްތަކުން މައުލޫމާތު ދިންގޮތުގައި، ގައްޒާ ސިޓީގެ އިރުއުތުރުގައި އޮންނަ އަލް-ތުއްފާހް ސަރަހައްދުގެ ގެއަކަށް އިސްރާއީލުން ދިން އެއަރ ސްޓްރައިކެއްގައި 5 މީހުންގެ ހަށިގަނޑާއި ގިނަ އަދަދެއްގެ އަނިޔާވެފައިވާ މަދަނީ މަސައްކަތްތެރިންގެ ހޮސްޕިޓަލަށް ގެންދެވުނެވެ.
މީގެ އިތުރުން، ގައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ އަލް-ދަރަޖް ސަރަހައްދުގެ އަލް-ޒަވިޔާ މާރުކޭޓަށް އިސްރާއީލުގެ ޑްރޯން ހަމަލާއެއް އަމާޒުވި އިރު، އެ ހަމަލާގައިވެސް މަދަނީ ރައްޔިތުންގެ ތެރެއިން ބަޔަކު ޝަހީދުވެ އަނިޔާވެފައިވެއެވެ. އަދި ހަމައެވަގުތު، ގައްޒާގެ ދެކުނުގައި އޮންނަ ހާން ޔޫނިސްގެ މެދު ސަރަހައްދަށް އިސްރާއީލުގެ އާޓިލަރީ ހަމަލާތައް ދެމުންގެންދިޔައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 56,412 ފަލަސްތީނުން ޝަހީދުވެފައިވާ އިރު، 133,054 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.


