Tuesday, 28 July 2026

މަސައްކަތް ނުނިންމުމުން ފިނޭންސް މިނިސްޓްރީން ދެ ކުންފުންޏެއް ސަސްޕެންޑްކޮށްފި

ހަވާލުކުރެވުނު މަސައްކަތްތައް ނިންމާފައި ނުވާތީ ފިނޭންސް މިނިސްޓްރީން ދެ ކުންފުންޏަކާމެދު ފިޔަވަޅު އަޅައި، އެ ކުންފުނިތައް ސަސްޕެންޑްކޮށްފިއެވެ. މިގޮތުން ސަސްޕެންޑްކޮށްފައިވާ ކުންފުނިތަކަކީ ވޯޓަރ ޕާކް މޯލްޑިވްސް އާއި ކެއަރވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑްއެވެ.

ވޯޓަރ ޕާކް މޯލްޑިވްސް ސަސްޕެންޑްކޮށްފައިވަނީ ވ. ކެޔޮދޫ އަދި ރ. އަލިފުށީގައި ހިންގުމަށް ހަވާލުކުރެވުނު މަޝްރޫޢުއަކަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށްދީފައި ނުވާތީއެވެ. އަދި ކެއަރވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑް ސަސްޕެންޑްކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އެކްސްރޭ މެޝިނަކާއި ޑެންޓަލް ޗެއަރއެއް ގެނައުމަށް ހަވާލުކުރެވުނު މަސައްކަތް ފުރިހަމަކޮށްފައި ނުވާތީއެވެ.

މި ދެ ކުންފުނި ސަސްޕެންޑްކުރުމާ ގުޅިގެން، މިނިސްޓްރީން ކުރިއަށް ގެންދާ އެއްވެސް ބީލަމެއްގައި މި ކުންފުނިތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ބީލަންތައް ކާމިޔާބުކޮށް މަޝްރޫޢުތައް ހިންގުމާ ހަވާލުވުމަށްފަހު އެ ގަވާއިދާ ޚިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުންނާމެދު ފިޔަވަޅު އަޅަންޖެހެއެވެ. އަދި ބީލަންވެރިން ނުވަތަ މަސައްކަތާ ހަވާލުވާ ކުންފުނިތައް ސަސްޕެންޑްކުރެވޭނެ ޙާލަތްތައްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *